|
|||||||||||||||
|
|||||||||||||||
|
You are here : Home > News
އިޢްލާން މިމިނިސްޓްރީގެ ތިރީގައި މިދަންނަވާ މަގާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ. ވީމާ، މިމަގާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ލިބިވަޑައިގެންފައިވާ ތަޖުރިބާ އާއި ތަޢުލީމީ ސެޓްފިކެޓް ތަކުގެ ފޮޓޯކޮޕީ އާއި އައިޑެންޓިޓީ ކާޑުގެ ފޮޓޯކޮޕީއާއި، ވަނަވަރު 8 އޮކްޓޯބަރ 2008 ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިމިނިސްޓްރީ އަށް ހުށަހެޅުއްވުން އެދެމެވެ. ބޭނުންވާ ސެކްޝަން: (އެޑްމިނިސްޓްރޭޝަން) މަގާމު: ސެކްރެޓަރީ (ގްރޭޑް 1) ބޭނުންވާ އަދަދު: 1 (އެކެއް) މުސާރަ: -/3310 ރުފިޔާ (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގައި 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ބޭނުންވާ ސެކްޝަން: (ފައިނޭންސް) މަގާމު: އެސިސްޓެންޓް ޑިރެކްޓަރ (ޕީ.އެންޑް.އެމް 1) ބޭނުންވާ ޢަދަދު: 1 (އެކެއް) މުސާރަ: -/4450 ރުފިޔާ (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: 1. ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ޕީ.އެންޑް.އެމް 3 ގް ކްލެސިފިކޭޝަނުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2. މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ޙާޞިލުކޮށްފައިވުން. ބޭނުންވާ ސެކްޝަން: (މެއިންޓެނަންސް) މަޤާމް: ޕްރޮކިޔުމަންޓް އޮފިސަރ (ގްރޭޑް1) ބޭނުންވާ އަދަދު: 1 (އެކެއް) މުސާރަ: -/3860 ރުފިޔާ (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: ސެކްރެޓަރީ ގްރޭޑް 4 ގެ ކްލެސިފިކޭޝަނުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. މިމަގާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ކޮންމެ ތިންމަހަކުން އެއްމަހު މެޑިކަލް އެލަވަންސަށް 250/- ރުފިޔާ އާއި ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ފަރުވާތެރިކަމާއެކު މަސައްކަތްކުރާ ފަރާތްތަކަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ވަޒީފާގެ ކުރިއެރުން ދެވޭނެއެވެ. މިއިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3328179 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ: 3316237 އެވެ. އީމެއިލް އެޑްރެހަކީ admin@mgf.gov.mv އެވެ. 28 ރަމަޟާން 1429 28 ސެޕްޓެމްބަރ 2008 Posted on 28 Sep 2008 by Administrator on Dhivehi News
28 Sep 2008 އިޢްލާން, posted by Administrator
|
||||||||||||||