|
|||||||||||||||
|
|||||||||||||||
|
You are here : Home > News
އިޢްލާން މިމިނިސްޓްރީގެ ތިރީގައި މިދަންނަވާ މަގާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ. ވީމާ، މިމަގާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ލިބިވަޑައިގެންފައިވާ ތަޖުރިބާ އާއި ތަޢުލީމީ ސެޓްފިކެޓް ތަކުގެ ފޮޓޯކޮޕީ އާއި އައިޑެންޓިޓީ ކާޑުގެ ފޮޓޯކޮޕީއާއި، ވަނަވަރު 23 ޖުލައި 2008 ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިމިނިސްޓްރީ އަށް ހުށަހެޅުއްވުން އެދެމެވެ. ބޭނުންވާ ސެކްޝަން: (އެޑްމިނިސްޓްރޭޝަން) މަގާމު: މެސެންޖަރ (ގްރޭޑް 1) ބޭނުންވާ ޢަދަދު: 1 (އެކެއް) މުސާރަ: -/2850 ރުފިޔާ (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: ޕިޔޯނުކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ، ގްރޭޑް 5 އިން ފާސްވެފައިވުން. މަގާމު: ސެކިއުރިޓީ އޮފިސަރ (ގްރޭޑް 1) ބޭނުންވާ ޢަދަދު: 1 (އެކެއް) މުސާރަ: -/3120 ރުފިޔާ (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: ގާޑް ގްރޭޑް 4 ގެ ކްލެސިފިކޭޝަނުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖްރިބާ ލިބިފައިވުމާއެކު މަގާމުގެ ވާޖިބުތައް އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކު ކަމުގައިވުން. ނުވަތަ ގްރޭޑް 7 ން ފާސްވެފައިވުން. ނުވަތަ، ބޭސިކް ސެކިއުރިޓީ ތަމްރީނެއް ލިބިފައިވުން. މަގާމު: މަސައްކަތު (ގްރޭޑް 1) ބޭނުންވާ ޢަދަދު: 1 (އެކެއް) މުސާރަ: -/2600 ރުފިޔާ (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: އަސާސީ ތަޢްލީމުގެ ފެންވަރަށް ލިޔަންކިޔަން އެނގުމާއި، މަގާމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރަން އެނގުމާއި، އެ މަސައްކަތްތައް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން. ބޭނުންވާ ސެކްޝަން: (އައި.ޓީ އެންޑް ކޮމިއުނިކޭޝަން) މަގާމު: އެސިސްޓެންޓް ޑޭޓާ ޕްރޮސެސިންގ އޮފިސަރ (ގްރޭޑް 1) ބޭނުންވާ ޢަދަދު: 1 (އެކެއް) މުސާރަ: -/3495 ރުފިޔާ (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: 1. ޑޭޓާ ޕްރޮސެސިންގ އޮފިސަރ (ޓްރޭނީ) ގެ މަގާމުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖްރިބާ ލިބިފައިވުން ނުވަތަ، 2. ޑޭޓާ ޕްރޮސެސިންގ އޮފިސަރ (ޓްރޭނީ) ގެ މަގާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖްރިބާ ލިބިފައިވުމާއެކު، މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން 3 މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ތަމްރީނެއް ފުރިހަމަ ކޮށްފައިވުން. ބޭނުންވާ ސެކްޝަން: (ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް) މަޤާމް: އެސިސްޓެންޓް ސޯޝަލް ސަރވިސް އޮފިސަރ (ގްރޭޑް1) ބޭނުންވާ އަދަދު: 1 (އެކެއް) މުސާރަ: 3655/- ރ. (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: 1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 1 އަހަރުދުވަހުގެ އެޑްވާންސް ސެޓްފިކެޓް ކޯހެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ، 2. މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. މަގާމު: ސޯޝަލް ސަރވިސް ވަރކަރ (ޓްރޭނީ) ބޭނުންވާ ޢަދަދު: 3 (ތިނެއް) މުސާރަ: -/3310 ރުފިޔާ (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގައި 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. މަގާމު: ސެކްރެޓަރީ (ގްރޭޑް 1) ބޭނުންވާ އަދަދު: 1 (އެކެއް) މުސާރަ: -/3310 ރުފިޔާ (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގައި 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
މިމަގާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ކޮންމެ ތިންމަހަކުން އެއްމަހު މެޑިކަލް އެލަވަންސަށް 250/- ރުފިޔާ އާއި ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ފަރުވާތެރިކަމާއެކު މަސައްކަތްކުރާ ފަރާތްތަކަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ވަޒީފާގެ ކުރިއެރުން ދެވޭނެއެވެ. މިއިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3328179 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ: 3316237 އެވެ. އީމެއިލް އެޑްރެހަކީ admin@mgf.gov.mv އެވެ. 12 ރަޖަބު 1429 15 ޖުލައި 2008 Posted on 16 Jul 2008 by Administrator on Dhivehi Announcements
28 Sep 2008 އިޢްލާން, posted by Administrator
|
||||||||||||||