|
|||||||||||||||
|
|||||||||||||||
|
You are here : Home > News
އިޢްލާން މިމިނިސްޓްރީން އަތޮޅުތަކުގައި ހިނގަމުންދާ ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރުތަކުގެ ތިރީގައި މިދަންނަވާ މަގާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ. ވީމާ¡ މިމަގާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ލިބިވަޑައިގެންފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ފޮޓޯކޮޕީ އާއި އައިޑެންޓިޓީ ކާޑުގެ ފޮޓޯކޮޕީއާއި¡ ވަނަވަރު 29 މެއި 2008 ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މާލޭގައި ނަމަ މިމިނިސްޓްރީ އަށް އަތޮޅުތަކުގައި ނަމަ އެއަތޮޅެއްގެ އަތޮޅުފީހަށް ހުށަހެޅުއްވުން އެދެމެވެ. އަދި މަސައްކަތުގެ ދާއިރާއާގުޅޭ މަސައްކަތުގެ ތަޖްރިބާ ލިބިވަޑައިގެންފައިވާނަމަ އެކަން އެނގޭނެ ލިޔުންތަކާއެކު ހުށައެޅުންވުންވެސް އެދެމެވެ. ބޭނުންވާ މަޤާމްތަށް މަޤާމް: ސޯޝަލް ސަރވިސް ވަރކަރ އެސިސްޓެންޓް (ގްރޭޑް1) ބޭނުންވާ އަދަދު: 23 މުސާރަ: 3,495/- ރ. (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: 1. ޖީ.ސީ.އީ. އޭލެވެލް އިމްތިޙާނުގައި 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން އިނގިރޭސިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ¡ 2. މަޤާމްގެ މަސައްކަތާގުޅޭ ދާއިރާއަކުން ސެޓްފިކެޓް ޙާޞިލް ކޮށްފައިވުން. މަޤާމް: އެސިސްޓެންޓް ސޯޝަލް ސަރވިސް އޮފިސަރ (ގްރޭޑް1) ބޭނުންވާ އަދަދު: 1 މުސާރަ: 3,655/- ރ. (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: 1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 1 އަހަރުދުވަހުގެ އެޑްވާންސް ސެޓްފިކެޓް ކޯހެއް ފުރިހަމަ ކޮށްފައިވުން. ނުވަތަ¡ 2. މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. މަޤާމް: ސެކްރެޓަރީ (ގްރޭޑް 1) ބޭނުންވާ އަދަދު: 4 މުސާރަ: 3,310/- ރ. (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: 1.އެސިސްޓެންޓް ސެކްރެޓަރީ ގްރޭޑް 2 ގެ ކްލެޝިފިކޭޝަނުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ¡ 2.ސެކްރެޓެރީ ކަމުގެ ސަނަދު އޮތުން. ނުވަތަ¡ 3.ޖީ.ސީ.އީ. އޯ.ލެވެލް އިމްތިޙާނުގައި 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު¡ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. މިމަޤާމްގައި މަސައްކަތްކުރައްވާ މުވައްޒަފުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ށ¡ ބ¡ ހއ އަދި ގއ އަތޮޅުގައެވެ. މަޤާމް: މަސައްކަތު (ގްރޭޑް 1) ބޭނުންވާ އަދަދު: 8 މުސާރަ: 2,600/- ރ. (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެނގުމާއި¡ މަގާމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރަންއެނގުމާއި¡ އެ މަސައްކަތްތައް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން. މިމަޤާމްގައި މަސައްކަތްކުރައްވާ މުވައްޒަފުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ށ¡ ބ¡ ހއ އަދި ގއ އަތޮޅުގައެވެ. މަޤާމް: ވޮޗަރ (ގްރޭޑް 1) ބޭނުންވާ އަދަދު: 12 މުސާރަ: 2,850 ރ. (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެނގުމާއި¡ މަގާމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރަންއެނގުމާއި¡ އެ މަސައްކަތްތައް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން. މިމަޤާމްގައި މަސައްކަތްކުރައްވާ މުވައްޒަފުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ށ¡ ބ¡ ހއ އަދި ގއ އަތޮޅުގައެވެ. މިމަގާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ކޮންމެ ތިންމަހަކުން އެއްމަހު މެޑިކަލް އެލަވަންސަށް 250/- ރުފިޔާ އާއި ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ފަރުވާތެރިކަމާއެކު މަސައްކަތްކުރާ ފަރާތްތަކަށް ސަރުކާރުގެ މުވައްޒަފުންނާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން ވަޒީފާގެ ކުރިއެރުން ދެވޭނެއެވެ. މިއިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3328179 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ: 3316237 އެވެ. އީމެއިލް އެޑްރެހަކީ admin@mgf.gov.mv އެވެ. މިއިޢުލާން މިމިނިސްޓްރީގެ ވެބްސައިޓް www.mgf.gov.mv ންވެސް ފެނިވަޑައިގަންނަވާނެއެވެ. 16 ޖުމާދަލް އޫލާ 1429 22 މެއި 2008 Posted on 22 May 2008 by Administrator on Dhivehi Vacancies
28 Sep 2008 އިޢްލާން, posted by Administrator
|
||||||||||||||