|
|||||||||||||||
|
|||||||||||||||
|
You are here : Home > News
އިޢްލާން މިމިނިސްޓްރީގެ ތިރީގައި މިދަންނަވާ މަގާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ. ވީމާ، މިމަގާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ލިބިވަޑައިގެންފައިވާ ތަޖުރިބާ އާއި ތަޢުލީމީ ސެޓްފިކެޓް ތަކުގެ ފޮޓޯކޮޕީ އާއި އައިޑެންޓިޓީ ކާޑުގެ ފޮޓޯކޮޕީއާއި، ވަނަވަރު 3 އޭޕްރީލް 2008 ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިމިނިސްޓްރީ އަށް ހުށަހެޅުއްވުން އެދެމެވެ. ބޭނުންވާ ސެކްޝަން: (އެޑްމިނިސްޓްރޭޝަން) މަގާމު: ސެކްރެޓަރީ (ގްރޭޑް 1) ބޭނުންވާ އަދަދު: 1 (އެކެއް) މުސާރަ: -/3310 ރުފިޔާ (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގައި 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
މަގާމު: މެސެންޖަރ (ގްރޭޑް 1) ބޭނުންވާ ޢަދަދު: 1 (އެކެއް) މުސާރަ: -/2850 ރުފިޔާ (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: ޕިޔޯނުކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ، ގްރޭޑް 5 އިން ފާސްވެފައިވުން. މަގާމު: ސެކިއުރިޓީ އޮފިސަރ (ގްރޭޑް 1) ބޭނުންވާ ޢަދަދު: 1 (އެކެއް) މުސާރަ: -/3120 ރުފިޔާ (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: ގާޑް ގްރޭޑް 4 ގެ ކްލެސިފިކޭޝަނުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖްރިބާ ލިބިފައިވުމާއެކު މަގާމުގެ ވާޖިބުތައް އަދާކުރެވޭފަދަ ޞިއްޙަތެއްހުރި މީހަކު ކަމުގައިވުން. ނުވަތަ ގްރޭޑް 7 ން ފާސްވެފައިވުން. ނުވަތަ، ބޭސިކް ސެކިއުރިޓީ ތަމްރީނެއް ލިބިފައިވުން.
ބޭނުންވާ ސެކްޝަން: (އައި.ޓީ އެންޑް ކޮމިއުނިކޭޝަން) މަގާމު: ޑޭޓާ ޕްރޮސެސިންގ އޮފިސަރ (ގްރޭޑް 2) ބޭނުންވާ ޢަދަދު: 1 (އެކެއް) މުސާރަ: -/3990 ރުފިޔާ (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: 1. ޑޭޓާ ޕްރޮސެސިންގް އޮފިސަރ ގްރޭޑް 1 ގެ ކްލެސިފިކޭޝަނުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2. މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާޞިލު ކޮށްފައިވުން.
މަގާމު: އެސިސްޓެންޓް ޑޭޓާ ޕްރޮސެސިންގ އޮފިސަރ (ގްރޭޑް 1) ބޭނުންވާ ޢަދަދު: 1 (އެކެއް) މުސާރަ: -/3495 ރުފިޔާ (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: 1. ޑޭޓާ ޕްރޮސެސިންގ އޮފިސަރ (ޓްރޭނީ) ގެ މަގާމުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖްރިބާ ލިބިފައިވުން ނުވަތަ، 2. ޑޭޓާ ޕްރޮސެސިންގ އޮފިސަރ (ޓްރޭނީ) ގެ މަގާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖްރިބާ ލިބިފައިވުމާއެކު، މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން 3 މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ތަމްރީނެއް ފުރިހަމަ ކޮށްފައިވުން.
ބޭނުންވާ ސެކްޝަން: (ޕްލޭނިންގ މޮނިޓަރިންގ އެންޑް ރިސާރޗް) މަގާމު: ޕްރޮގްރާމް އޮފިސަރ (ގްރޭޑް 2) ބޭނުންވާ ޢަދަދު: 1 (އެކެއް) މުސާރަ: -/3990 ރުފިޔާ (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: 1. ޕްރޮގްރާމް އޮފިސަރ ގްރޭޑް 1 ގެ ކްލެސިފިކޭޝަނުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2. މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާޞިލު ކޮށްފައިވުން.
މަގާމު: ޕްރޮޖެކްޓް އޮފިސަރ (ގްރޭޑް 2) ބޭނުންވާ ޢަދަދު: 1 (އެކެއް) މުސާރަ: -/3990 ރުފިޔާ (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: 1. ޕްރޮޖެކްޓްް އޮފިސަރ ގްރޭޑް 1 ގެ ކްލެސިފިކޭޝަނުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2. މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާޞިލު ކޮށްފައިވުން. ބޭނުންވާ ސެކްޝަން: (ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް) މަގާމު: އެސިސްޓެންޓް އަންޑަރ ސެކްރެޓަރީ ބޭނުންވާ ޢަދަދު: 1 (އެކެއް) މުސާރަ: -/3990 ރުފިޔާ (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: 1. އެޑްމިނިސްޓްރޭޓިވް އޮފިސަރ ގްރޭޑް 2 ގެ ކްލެސިފިކޭޝަނުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2. މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާޞިލު ކޮށްފައިވުން.
މަގާމު: އެސިސްޓެންޓް ކައުންސެލަރ (ގްރޭޑް 1) ބޭނުންވާ ޢަދަދު: 1 (އެކެއް) މުސާރަ: -/3495 ރުފިޔާ (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: 1. ކައުންސެލަރ (ޓްރޭނީ) ގެ މަގާމުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2. ކައުންސެލަރ (ޓްރޭނީ) ގެ މަގާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން 3 މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ތަމްރީނެއް ފުރިހަމަ ކޮށްފައިވުން.
މިމަގާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ކޮންމެ ތިންމަހަކުން އެއްމަހު މެޑިކަލް އެލަވަންސަށް 250/- ރުފިޔާ އާއި ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ފަރުވާތެރިކަމާއެކު މަސައްކަތްކުރާ ފަރާތްތަކަށް ސަރުކާރުގެ މުވައްޒަފުންނާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން ވަޒީފާގެ ކުރިއެރުން ދެވޭނެއެވެ. Posted on 29 Mar 2008 by Administrator on Dhivehi Vacancies
28 Sep 2008 އިޢްލާން, posted by Administrator
|
||||||||||||||