|
|||||||||||||||
|
|||||||||||||||
|
You are here : Home > News
132A/2008/16 : އިޢުލާން ނަމްބަރު އިޢްލާން މިމިނިސްޓްރީގެ ތިރީގައި މިދަންނަވާ މަގާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ. ވީމާ، މިމަގާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ލިބިވަޑައިގެންފައިވާ ތަޖުރިބާ އާއި ތަޢުލީމީ ސެޓްފިކެޓް ތަކުގެ ފޮޓޯކޮޕީ އާއި އައިޑެންޓިޓީ ކާޑުގެ ފޮޓޯކޮޕީއާއި، ވަނަވަރު 7 ފެބްރުއަރީ 2008 ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިމިނިސްޓްރީ އަށް ހުށަހެޅުއްވުން އެދެމެވެ. ބޭނުންވާ ސެކްޝަން: (އެޑްމިނިސްޓްރޭޝަން) މަގާމު: ސެކްރެޓަރީ (ގްރޭޑް 1) ބޭނުންވާ އަދަދު: 1 (އެކެއް) މުސާރަ: -/3310 ރުފިޔާ (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގައި 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. މަގާމު: މެސެންޖަރ (ގްރޭޑް 1) ބޭނުންވާ ޢަދަދު: 1 (އެކެއް) މުސާރަ: -/2850 ރުފިޔާ (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: ޕިޔޯނުކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ، ގްރޭޑް 5 އިން ފާސްވެފައިވުން. މަގާމު: ސެކިއުރިޓީ އޮފިސަރ (ގްރޭޑް 1) ބޭނުންވާ ޢަދަދު: 1 (އެކެއް) މުސާރަ: -/3120 ރުފިޔާ (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: ގާޑް ގްރޭޑް 4 ގެ ކްލެސިފިކޭޝަނުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖްރިބާ ލިބިފައިވުމާއެކު މަގާމުގެ ވާޖިބުތައް އަދާކުރެވޭފަދަ ޞިއްޙަތެއްހުރި މީހަކު ކަމުގައިވުން. ނުވަތަ ގްރޭޑް 7 ން ފާސްވެފައިވުން. ނުވަތަ، ބޭސިކް ސެކިއުރިޓީ ތަމްރީނެއް ލިބިފައިވުން. ބޭނުންވާ ސެކްޝަން: (އައި.ޓީ އެންޑް ކޮމިއުނިކޭޝަން) ބޭނުންވާ ޢަދަދު: 1 (އެކެއް) މުސާރަ: -/3990 ރުފިޔާ (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: 1. ޑޭޓާ ޕްރޮސެސިންގް އޮފިސަރ ގްރޭޑް 1 ގެ ކްލެސިފިކޭޝަނުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2. މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާޞިލު ކޮށްފައިވުން. މަގާމު: އެސިސްޓެންޓް ޑޭޓާ ޕްރޮސެސިންގ އޮފިސަރ (ގްރޭޑް 1) ބޭނުންވާ ޢަދަދު: 1 (އެކެއް) މުސާރަ: -/3495 ރުފިޔާ (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: 1. ޑޭޓާ ޕްރޮސެސިންގ އޮފިސަރ (ޓްރޭނީ) ގެ މަގާމުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖްރިބާ ލިބިފައިވުން ނުވަތަ، 2. ޑޭޓާ ޕްރޮސެސިންގ އޮފިސަރ (ޓްރޭނީ) ގެ މަގާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖްރިބާ ލިބިފައިވުމާއެކު، މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން 3 މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ތަމްރީނެއް ފުރިހަމަ ކޮށްފައިވުން. ބޭނުންވާ ސެކްޝަން: (ފެމިލީ އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް) މަގާމު: ޕްރޮޖެކްޓް އޮފިސަރ (ޓްރޭނީ) ބޭނުންވާ އަދަދު: 2 (ދޭއް) މުސާރަ: -/3310 ރުފިޔާ (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގައި 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
ބޭނުންވާ ސެކްޝަން: (ޕްލޭނިންގ މޮނިޓަރިންގ އެންޑް ރިސާރޗް) މަގާމު: ޕްރޮގްރާމް އޮފިސަރ (ގްރޭޑް 2) ބޭނުންވާ ޢަދަދު: 1 (އެކެއް) މުސާރަ: -/3990 ރުފިޔާ (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: 1. ޕްރޮގްރާމް އޮފިސަރ ގްރޭޑް 1 ގެ ކްލެސިފިކޭޝަނުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، މަގާމު: ޕްރޮޖެކްޓް އޮފިސަރ (ގްރޭޑް 2) ބޭނުންވާ ޢަދަދު: 1 (އެކެއް) މުސާރަ: -/3990 ރުފިޔާ (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: 1. ޕްރޮޖެކްޓްް އޮފިސަރ ގްރޭޑް 1 ގެ ކްލެސިފިކޭޝަނުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2. މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާޞިލު ކޮށްފައިވުން. ބޭނުންވާ ސެކްޝަން: (ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް) މަގާމު: އެސިސްޓެންޓް އަންޑަރ ސެކްރެޓަރީ ބޭނުންވާ ޢަދަދު: 1 (އެކެއް) މުސާރަ: -/3990 ރުފިޔާ (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: 1. އެޑްމިނިސްޓްރޭޓިވް އޮފިސަރ ގްރޭޑް 2 ގެ ކްލެސިފިކޭޝަނުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2. މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާޞިލު ކޮށްފައިވުން. މަގާމު: އެސިސްޓެންޓް ކައުންސެލަރ (ގްރޭޑް 1) ބޭނުންވާ ޢަދަދު: 1 (އެކެއް) މުސާރަ: -/3495 ރުފިޔާ (މަހަކު) ފެންވަރު ނުވަތަ ޝަރުޠު: 1. ކައުންސެލަރ (ޓްރޭނީ) ގެ މަގާމުގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2. ކައުންސެލަރ (ޓްރޭނީ) ގެ މަގާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން 3 މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ތަމްރީނެއް ފުރިހަމަ ކޮށްފައިވުން. މިމަގާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ކޮންމެ ތިންމަހަކުން އެއްމަހު މެޑިކަލް އެލަވަންސަށް 250/- ރުފިޔާ އާއި ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ފަރުވާތެރިކަމާއެކު މަސައްކަތްކުރާ ފަރާތްތަކަށް ސަރުކާރުގެ މުވައްޒަފުންނާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން ވަޒީފާގެ ކުރިއެރުން ދެވޭނެއެވެ.
މިއިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3328179 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ: 3316237 އެވެ. އީމެއިލް އެޑްރެހަކީ admin@mgf.gov.mv އެވެ. މިއިޢުލާން މިމިނިސްޓްރީގެ ވެބްސައިޓްގައި ވާނެއެވެ. ވެބްސައިޓް އެޑްރެހަކީ www.mgf.gov.mv އެވެ. 22 މުޙައްރަމް 1429 Posted on 31 Jan 2008 by Administrator on Dhivehi Vacancies
28 Sep 2008 އިޢްލާން, posted by Administrator
|
||||||||||||||