|
|||||||||||||||
|
|||||||||||||||
|
You are here : Home > News
18 އަހަރުން ދަށުގެ ކުދިންގެ މަރުގެ ޙާދިޘާތައް ރިޕޯޓުކުރުމާއި ތަޙުޤީޤު ކުރުމުގައި ސަރުކާރުގެ ކަމާބެހޭ ދާއިރާތައް ގުޅިގެން މަސައްކަތް ކުރާނޭ އުޞޫލު ތަޢާރަފް މަރުވެފައިކަން ޔަޤީން ވެފައިވާ ކުއްޖަކު ފެނިއްޖެނަމަ ހަދާނެ ގޮތް (ށ) މިމާއްދާގެ (ހ) ބުނެފައިވާ މަޢުލުމާތު ރަށު އޮފީހަށް ލިބުމާއެކު ރަށު އޮފީހުން އެކަން ވަގުތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އަތޮޅު އޮފީހަށާއި ރަށުގައި ހުންނަ ހެލްތް ސެންޓަރަށް އަންގަންވާނެއެވެ. (ނ) ރާއްޖެތެރޭ ރަށެއްގައި ޙާލަތު ދިމާވާ ގޮތުން މަރުވެފައި އޮތް ކުއްޖަކު ފެނުނުތަނަށް ފުލުހުންނާއި ސިއްޙީ ޚިދުމަތްދޭ ފަރާތްތައް އައުމުގެ ކުރިން ކުއްޖާ ނަގަން ކޮންމެހެން ޖެހިއްޖެނަމަ ނުވަތަ ސީން ރޫޅާލަން ޖެހިއްޖެނަމަ ރޫޅާލެވޭނީ އެރަށެއްގެ ކަތީބު ނުވަތަ އެމަގާމުގައި އެވަގުތަކު ހުރި މީހަކަށެވެ. އަދި ކަތީބު މިގޮތަށް ޢަމަލުކުރަންވާނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިރުޝާދާއެކުއެވެ. މަރުވެފައިކަން ޔަޤީން ނުވާ ކުއްޖަކު ފެނިއްޖެނަމަ ހަދާނެ ގޮތް 3. (ހ) ކުއްޖަކާ މެދު ޙާދިޡާއެއް ހިނގާފައިވަނިކޮށް އެއްވެސް މީހަކަށް ފެނިއްޖެނަމަ، އަދި އެކުއްޖާ ދިރިހުރިކަން ނުވަތަ ނޫންކަން ޔަޤީން ނުވާނަމަ، އެމީހަކު އެންމެ ފުރަތަމަ އެކަން އަންގާނީ ރާއްޖެތެރޭ ރަށެއްގައިނަމަ އެރަށެއްގެ ރަށު އޮފީހަށެވެ. މާލޭގައި ނުވަތަ ހުޅުމާލޭގައިނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށެވެ. (ށ) މިމާއްދާގެ (ހ)ގައި ބުނެފައިވާ މަޢުލޫމާތެއް ރަށެއްގެ ރަށުއޮފީހަށް ލިބިއްޖެނަމަ އެކަން ލަސްނުކޮށް ފުލުހުންނަށާއި، އަތޮޅު އޮފީހަށާއި ރަށުގައި ހުންނަ ސިއްޙީ ހިދުމަތް ދޭ ފަރާތަށް އަންގަންވާނެއެވެ. (ނ) ކުއްޖާ ފެނުނު ތަނަށް ރަށު އޮފީހުގެ ބަޔަކު ނުވަތަ ފުލުހުންގެ ބަޔަކު ދިއުމުގެ ކުރިން ސިއްޙީ ޚިދުމަތް ދޭފަރާތުން ޙާދިޘާ ހިނގާފައިވާ ތަނަށް ދެވިއްޖެނަމަ، ކުއްޖާގެ ފުރާނަ ހުރިތޯބަލައި ކުއްޖާގެ ފުރާނަ ހުރިނަމަ ކުއްޖާއަށް ދެވެންހުރި ފަރުވާއެއް ވަގުތުން ދޭންވާނެއެވެ. އަދި ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅުގޮތަކީ ކުއްޖާ ސިއްޙީ ޚިދުމަތް ދޭ ތަނަކަށް ގެންގޮސްގެން ފަރުވާ ދިނުންކަމަށް ވަނީނަމަ ކުއްޖާ އޮތް ތަނާ އެންމެ ކައިރީގައިވާ ޞިއްޙީ ޚިދުމަތް ދޭ ތަނަކަށް ކުއްޖާ ގެންދަންވާނެއެވެ. (ރ) ކުއްޖާ އޮތް ތަނަށް ސިއްޙީ ޚިދުމަތް ދޭފަރާތުން އައިއިރު ކުއްޖާގެ ފުރާނަ ނެތްނަމަ، ރަށު އޮފީހުގެ ބަޔަކު ނުވަތަ ފުލުހުން އެތަނަށް އަންނަންދެން ކުއްޖާ އޮތްތަނުގައި ކުއްޖާ ބާއްވަންވާނެއެވެ. (ބ) ޙާލަތު ދިމާވާ ގޮތުން ފުލުހުންނާއި ސިއްޙީ ޚިދުމަތްދޭ ފަރާތްތަކުން ކުއްޖާ ފެނުނު ތަނަށް އައުމުގެ ކުރިން ކުއްޖާ ނަގަން ޖެހިއްޖެނަމަ ނުވަތަ ޙާދިޘާ ހިނގާފައިވާ ގޮތުގެ މަންޒަރު ރޫޅާލަން ޖެހިއްޖެނަމަ، ރަށެއްގައި ނަމަ އެކަން ކުރެވޭނީކަތީބު ނުވަތަ އެ މަގާމުގައި އެވަގުތު ހުރި މީހަކަށެވެ. އަދި ކަތީބު މިގޮތަށް ޢަމަލުކުރަންވާނީ ފުލުހުންގެ އިރުޝާދާއެކުއެވެ. މާލޭގައި ނަމަ، ޙާދިޘާ ހިނގާފައިވާ ގޮތުގެ މަންޒަރު ރޫޅާ ލެވޭނީ ހަމައެކަނި ފުލުހުންނަށެވެ. ފުލުހުން އައުމުގެ ކުރިން ޙާދިޘާ ހިނގާފައިވާ ގޮތުގެ މަންޒަރު ރޫޅާލެވިއްޖެ ނަމަ ، އެމަންޒަރު ރޫޅާލަން ޖެހުނު ސަބަބެއް ފުލުހުން އޮޅުން ފިލުވަން ވާނެއެވެ. ފުލުހުންނަށް މަޢުލޫމާތު ލިބުމުން ޢަމަލުކުރާނެގޮތް 4. (ހ) ޙާދިޘާއެއް ދިމާވެފައިވަނިކޮށް ފެނުނު ކުއްޖާ އޮތް ތަނަށް ފުލުހުން ދިޔުމަށްފަހު ޙާދިޘާ ހިނގާފައިވާ ތަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަންވާނެއެވެ. އަދި މައްސަލައިގެ ތަޙްޤީޤު، ފުލުހުންގެ ތަޙްޤީޤުކުރުމުގެ އުޞޫލާއެއްގޮތަށް ކުރިއަށް ގެންދަންވާނެއެވެ. (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މަޢުލޫމާތެއް ފުލުހުންނަށް ލިބިއްޖެނަމަ އެކަން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއަށް އަންގަންވާނެއެވެ. އަދި، ފެނުނު ކުއްޖާގެ ޢާއިލާއަށް އެންގުމާއި އެޢާއިލާގައި ތިބި އެހެންކުދިންގެ ޙާލަތުބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްގެ މަސްއޫލިއްޔަތެކެވެ. (ނ) މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންދާއިރު ޙާދިޘާ ކުރިމަތިވެފައިވާ ކުއްޖާއަކީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއަށް މަޢުލޫމާތު ލިބިފައިވާ ކުއްޖެއްތޯ ފުލުހުން ބަލަންވާނެއެވެ. އަދި ކުއްޖާއަކީ އެސަރވިސަސްއަށް މަޢުލޫމާތު ލިބިފައިވާ ކުއްޖެއް ކަމަށްވާނަމަ ކުއްޖާއާ ބެހޭ މަޢުލޫމާތު އެސަރވިސަސްގެ ފަރާތުން ތަޙްޤީޤަށް ދޭންވާނެއެވެ. ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކަށް މަޢުލޫމާތު ލިބުމުން ޢަމަލުކުރާނޭގޮތް 5. (ހ) ޙާދިޘާއެއް ދިމާވެފައިވާ ކުއްޖަކު ހޮސްޕިޓަލަކަށް ގެނެވިއްޖެނަމަ، އެ ކުއްޖާ އެންމެ ފުރަތަމަ ގެންދާނީ ހޮސްޕިޓަލުގެ ކެޝުއަލިޓީ ޑިޕާރޓްމަންޓަށެވެ. އަދި، އެވަގުތު ކެޝުއަލިޓީގައި ހުންނަ މެޑިކަލް އޮފިސަރ ކުއްޖާއާއި ޙަވާލުވެ، ކުއްޖާގެ ހިސްޓްރީ ނެގުމަށްފަހު މައްސަލައާއި ގުޅޭ ޑިޕާރޓްމަންޓްތަކަށް އެކަން އަންގަންވާނެއެވެ. އަދި މައްސަލައާއި ގުޅޭގޮތުން އެކުއްޖާ ބަލާ ޑޮކްޓަރުގެ އިތުރުން ކެޝުއަލިޓީއިން އެކުއްޖާ ބެލި ޑޮކްޓަރާއި ފިޒިޝަނަކު، ކުއްޖާގެ މެޑިކޯ ލީގަލް ފޯމްގައި ސޮއި ކުރުމަށްފަހު، ހޮސްޕިޓަލުގެ ފަރާތުން އެ ފޯރމް 24 ގަޑިއިރުތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރަންވާނެއެވެ. (ށ) ކުއްޖާ ހޮސްޕިޓަލަށް ގެނުވުނީ މަރުވެފައިވަނިކޮށް ކަމަށް ވާނަމަ ނުވަތަ ކުއްޖާ މަރުވީ އެ ކުއްޖާ ހޮސްޕިޓަލަށް ގެނެވުނުފަހުނޮކަމަށް ވާނަމަ އެކަންވެސް ލަސްނުކޮށް މޯލްޑިވްސް ޕޮލިސް ސަރިވިސަސްއަށް އަންގަންވާނެއެވެ. އަދި، ތަޙުޤީޤަށްޓަކައި ފުލުހުން ހަދަން ބޭނުންވާ ޓެސްޓުތައް ހެދުމުގައި ހޮސްޕޓަލުން އެއްބާރުލުން ދޭންވާނެއެވެ. މިގޮތުން ހަދާ ޓެސްޓުތައް ޙިއްސާކުރެވެނީ ހަމައެކަނި ސަރުކާރުގެ ކަމާބެހޭ ދާއިރާތަކާއެކުއެވެ. (ނ) ކުއްޖާގެ މަރު ފޯމް (3 ފޯމް- ރީނދޫ، ހުދު އަދި ފިޔާތޮށި ފޯމު) ހޮސްޕިޓަލުން ޙަވާލުކުރަންވާނީ މަރުވި ކުއްޖާގެ ބެލެނިވެރިޔާއަށެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތުތައް ފުރިހަމަކުރުމަށް ޕޮލިސް ސަރވިސަސްއަށް އެފޯމު ގެންދާނީ މަރުވި ކުއްޖާގެ ބެލެނިވެރިޔާއެވެ. (ރ) ކުއްޖާ މަރާލީ ބެލެނިވެރިޔާ ކަމުގައި ފުލުހުންނަށް ޝައްކު ކުރެވޭނަމަ، އެ ކުއްޖަކުގެ މަރު ފޯރމާ ޙަވާލުވާނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިންނެވެ. Posted on 27 Jan 2008 by Administrator on Dhivehi Announcements
28 Sep 2008 އިޢްލާން, posted by Administrator
|
||||||||||||||