![]() |
|||||||||||
ސައިޓްމެޕް : ޖެންޑަރ އެންޑް ޑިވެލޮޕްމަންޓް : އެމްޕަވަރމެންޓް އޮފް ވިމެން : އައިލެންޑް ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީސް : ހިސްޓްރީ އޮފް ވިމެން ޑިވެލޮޕްމެންޓް ކޮމިޓީސް
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އުފެދި ހިނގަމުން އައިސްފައިވާ ގޮތް އަންހެނުންގެ ތަރައްޤީއަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ޚާއްޞަކުރެވުނު 10 އަހަރު (1975 ން 1985) ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ނޭޝަނަލް ޕްލޭނިންގ އޭޖެންސީގެ ދަށުން (މިހާރު ޕްލޭނިންގ މިނިސްޓްރީ)، 'އިންޓަރނޭޝަނަލް ޑިކޭޑް ފޮރ ވިމެން ޕްރެޕަރޭޓަރީ ކޮމިޓީ' ގެ ނަމުގައި 16 އޭޕްރީލް 1979 ގައި ދިވެހި ސަރުކާރުން ކޮމިޓީއެއް އުފެއްދެވިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމްގެ ޒައާމަތުގައި އަންހެނުންގެ ތަރައްޤީއަށްޓަކައި އަޅުއްވައިދެއްވި ހަރުދަނާ ބިންގަލެކެވެ. މިކޮމިޓީ 15 މާޗް 1981 ގައި ބަދަލުވެގެންދިޔައީ އަންހެނުންގެ ޤައުމީ ކޮމިޓީއަކަށެވެ. މިކޮމިޓީގެ މަޤްޞަދަކަށްވީ ދިވެހި އަންހެނުންގެ އިޖްތިމާޢީ، އިޤްތިޞާދީ އަދި އާދަކާދައާއި ދިރިއުޅުމުގެ ފެންވަރު ރަގަޅުކުރުމަށް މަސައްކަތްކުރުމެވެ. މިދެންނެވި އަންހެނުންގެ ކޮމިޓީގެ އިދާރީ އޮނިގަނޑުގައި ހިމެނުނީ ރައީސާއަކާއި، ޕްރޮޖެކްޓް އޮފިސަރެއް އަދި ސެކްރެޓަރީއެކެވެ. އަދި މެމްބަރުންގެ ގޮތުގައި ތަފާތު ދާއިރާތަކުން 15 ބޭފުޅުން ހިމެނުނެވެ. 1 އޯގަސްޓް 1982 ގައި އަންހެނުންގެ ކޮމިޓީ، ނޭޝަނަލް ޕްލޭނިންގ އޭޖެންސީގެ ދަށުން ވަކިވެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެދަށަށް ބަދަލުވިއެވެ. ބައިނަލްއަޤްވާމީ އަންހެނުންގެ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ އަންހެނުންގެ ހާލަތު ހުރިގޮތް ބަލާ، ކޯޕަންހޭގަންގައި ބޭއްވުނު ބައިނަލްއަޤްވާމީ އަންހެނުންނާ ބެހޭ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ދިވެހި އަންހެނުންގެ ފުރަތަމަ ގައުމީ ޖަލްސާއެއް ބޭއްވުނީ 10 ން 15 މެއި 1980 ގައެވެ. މާލޭގެ 4 އަވަށުން 8 މަންދޫބާއިން ބައިވެރިވިއެވެ. އަދި އަންހެނުންގެ ގައުމީ ކޮމިޓީގެ މެމްބަރުންނާއި ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި، ޑިޕާޓްމަންޓް ތަކުންވެސް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ. މިޖަލްސާގާއި ދިވެހި އަންހެނުން ކުރަމުންދާ މަސައްކަތާ ތަރައްޤީއަށްޓަކާ އަޅަންފެންނަ ފިޔަވަޅުތަކާއި ކުރިއަށް ދިއުމުގައި އަންހެނުންނަށް ދިމާވާ ހުރަސްތައް ބަޔާންކޮށް، މާލޭގެ ކޮންމެ އަވަށަކުންނާއި ކޮންމެ އަތޮޅަކުން ރިޕޯޓެއް ހުށަހެޅުނެވެ. އަންހެނުންގެ ތަރައްޤީއަށްޓަކައި އިޖްތިމާޢީ، ތަޢުލީމީ އަދި ޞިއްހީ ގޮތުންނާއި މާލީގޮތުން އަޅަންވީ ފިޔަވަޅުތަކަކާއި މެދު އަންހެނުންގެ ފުރަތަމަ ގައުމީ ޖަލްސާގައި އެއްބަސްވެވުނެވެ. އިޖްތިމާޢީ ދާއިރާއިން ފާހަގަކުރެވުނު 8 ޕޮއިންޓްގެ ތެރޭގައި މާލެއާއި ރާއްޖޭގެ ހުރިހާ އަތޮޅެއް ބައިވެރިވާގޮތަށް އަންހެނުންގެ ޖަމްޢިއްޔާއެއް އުފެއްދުމަށް އެއްބަސް ވެވިފައިވެއެވެ. އަދި ރާއްޖެތެރޭގެ ރަށްރަށުގައި އުފެދިފައިވާ ރަށްކުރިއަރުވާ ކޮމިޓީ ނުވަތަ އަތޮޅު ކުރިއަރުވާ ކޮމިޓީތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އެއްބަސްވެވިފައި ވެއެވެ. އަދިހަމަ މިއެއްބަސްވުމުގައި ކޮންމެ އަހަރަކު އަންހެނުންގެ ގައުމީ ޖަލްސާއެއް ބޭއްވުމާއި މާލެއިން ނުވަތަ ރާއްޖެތެރެއިން ހޮވޭބަޔަކު ރަށްރަށަށް ދަތުރުކޮށް އަންހެނުން ކުރާ އަދި ކުރެވިދާނެ މަސައްކަތް ބުނެދީ ލަފާދީ ހެދުމަށްވެސް އެއްބަސްވެވިފައި ވެއެވެ. 19 ން 21 ޑިސެމްބަރު 1981 ގައި އަންހެނުންގެ ގައުމީ ދެވަނަ ޖަލްސާ ބޭއްވުނެވެ. މިޖަލްސާގައި ނިލަންދެއަތޮޅު އުތުރުބުރި ފިޔަވާ އެހެން އަތޮޅުތަކުން 2 މަންދޫބާއިންނާއި މާލޭގެ 4 އަވަށުން 8 މަންދޫބާއިން އަދި އަމީނިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާ އާއި ޖިންސްލަތީފުންގެ ރޫހުގެ 2 މަންދޫބާއިން ބައިވެރިވެ ވަޑައިގަތެވެ. މިޖަލްސާއަށްވެސް އަތޮޅުތަކުންނާއި މާލޭގެ 4 އަވަށުގެ ފަރާތުން ރިޕޯޓު ހުށަހެޅުނެވެ. މިރިޕޯޓު ތަކުގައިވާ މުހިންމު ޕޮއިންޓްތައް 6 ބަޔަކަށް ބަހާ އަދި އެބައިތަކުގެ މައްޗަށް ބަހުސްކުރުމަށް 6 ގްރޫޕުން މަސައްކަތް ކުރެއްވިއެވެ. މިދެންނެވި 6 ބަޔަކީ ތަޢުލީމު، ޞިއްހަތު، މަސައްކަތްތެރިކަން، ދަނޑުވެރިކަން، ރަށްކުރިއެރުވުމުގައި އަންހެނުންގެ ޚިދުމަތް އަދި އަންހެނުންގެ ޙާއްޞަ ހަަރަކާތްތަވެ. ޖަލްސާގެ އެއްބަސްވުން އެކުލަވާލެވުނީ ގްރޫޕް ރިޕޯޓްތަކުގެ މައްޗަށް ވާހަކަދައްކާ ޚިޔާލު ފާޅުކުރުމަށް ފަހުގައެވެ. އަންހެނުންގެ ދެވަނަ ގައުމީ ޖަލްސާއަށް ހުށަހެޅިފައިވާ ރިޕޯޓުތަކުގެ މައްޗަށް ބަލާއިރު ރަށްކުރިއެރުވުމުގައި އަންހެނުންގެ ޚިދުމަތް ވަރަށް އެކަށީގެންވާ ގޮތެއްގައި ލިބެމުންދާކަން ފާހަގަކުރެވިގެން ދިޔައެވެ. އެއިރުވެސް އަންހެނުންގެ ކުދި ގްރޫޕްތައް އުފައްދައިގެން ގިނަރަށްރަށުގައި ހަރަކާތްތެރިވަމުން ދާކަން ނޯޓްކުރެވުނެވެ. އޭރު ރަށްކުރިއެރުވުމުގެ ޚިދުމަތުގައި ގިނަރަށްރަށުގައި ބޮޑަށް ހަރަކާތްތެރި ވެފައިވަނީ ރަށްކުރިއަރުވާ ކޮމިޓީގައި ހިމެނޭ އަންހެނުންގެ ގޮފީގެ ފަރާތުންނެވެ. ބައެއް އަތޮޅުތަކުގައި ޚިދުމަތުގެ ރޮނގުގައި ފިރިހެނުންނަށްވުރެ މާބޮޑުތަން އަންހެނުން ކުރިއަށް ޖެހިފައިވާކަން ފާހަގަކުރެވުނެވެ. އަދި ރައްޔިތުންކުރާ ބޮޑެތި މަސައްކަތް ތަކުގައިވެސް ހިތްވަރު ދިނުމުގެ ގޮތުންނާއި އަމަލީގޮތުން އަންހެނުން ބައިވެރިވަމުން ދާކަންވެސް ރިޕޯޓުތަކުން ހާމަވެގެން ދިޔައެވެ. މިދެންނެވި ގޮތުގެ މަތިން ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރަމުންދިޔަ ކަމުގައިވިއަސް ބައެއް އަންހެނުންނަށް ޚިދުމަތްކުރުމުގައި ދަތިތަކާ ކުރިމަތިވެފައިވެއެވެ. މިގޮތުން ފާހަގަކުރި ބައެއް ކަންތައްތަކަކީ: އިސްވެ ދެންނެވުނު މައްސަލަތައް ހައްލުކުރުމަށް 8 ޕޮއިންޓެއް އެކުލަވާލެވި އެއްބަސްވެވުނެވެ. އެއްބަސްވެވުނު އެންމެ މުހިންމު ނުކުތާއަކީ އަންހެނުންގެ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކާ އަތޮޅު ތެރޭގެ ކޮންމެ ރަށެއްގައި އަދި މާލޭގެ ކޮންމެ އަވަށެއްގައި އަންހެނުން ކުރިއަރުވާ ކޮމިޓީއެއް އުފެއްދުމެވެ. އަދި ކޮމިޓީތައް އުފެދި ހިނގަމުންދާނެ އަސާސީ ގަވާއިދެއް ކަނޑައެޅިފައި އޮތުމަށްވެސް އެއްބަސްވެވުނެވެ. މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށާކާއި މާލޭގެ އަވަށްއަވަށުގައި އަންހެނުންގެ ކޮމިޓީތަކެއް އުފައްދައި އެއްއުސޫލަކުން ހިންގުމަށްޓަކާ އެފަދަ ކޮމިޓިތައް ހިންގާނެ އަސާސީ ގަވާއިދެއް، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ލަފަޔާއެކު ތައްޔާރުކުރެވުނެވެ. މިގޮތުން މާލޭގެ އަވަށްއަވަށާ އަތޮޅުތެރޭގެ ރަށްރަށުގައި އެއްެކޮށް ކޮމިޓީތައް އުފައްދަން ގަސްތުކޮށްފައި ވަނިކޮށް، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ލަފާދެއްވީ އެދުވަސްވަރު ރަށްކުރިއަރުވާ ކޮމިޓީތައް އުފައްދަވަން ގަަސްތު ކުރައްވާފައިވާތީ އެކޮމިޓީތަކާއެކުގައި އަންހެނުންގެ ކޮމިޓީތައް އަތޮޅުތަކުގައި އުފެއްދުން ރަގަޅުވާނެ ކަމަށެވެ. އެހެން ކަމުން ރަށްްރަށުގެ އަންހެނުންގެ ކޮމިޓީތައް އުފެއްދުން ލަސްކޮށް މާލޭގެ އަވަށްއަވަށުގައި އަންހެނުންގެ ކޮމިޓީތައް 8 އޮކްޓޯބަރު 1982 ގައި އުފެއްދުނެވެ. ރަށްރަށުގައި އަންހެނުންގެ ކޮމިޓީތައް އުފެއްދުނީ 1 ޖެނުއަރީ 1983 ގައެވެ. ކޮމިޓީތައް އުފެއްދުމަށްފަހު ކޮންމެ ކޮމިޓީއެއްގެ މުޝްތަޝާރަކަށް އެރަށެއްގެ އަދި އަވަށެއްގެ ވެރިއަކު ހަމަޖެއްސުނެވެ. އަދި އޭނާގެ ލަފާގެ މަތިން 7-15 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އައްޔަންކުރެވުނެވެ. 1989 އާާހަމައަށް ކޮމިޓީތައް އައްޔަން ކުރަމުން ގެންދެވިފައިވަނީ އޮފީސް ފޮރ ވިމެންސް އެފެއާރޒްގެ ދަށުން އަދި 1993 އަށް ޑިޕާރޓްމަންޓް އޮފް ވިމެންސް އެފެއާރޒްގެ ދަށުންނެވެ. ޑިޕާޓްމަންޓް އޮފް ވިމެންސް އެފެއާރޒުން އައްޔަންކުރެއްވި މީހުންނަކީ ޖަމާއަތުގެ ޚިދުމަތުގައި އިސްވެ ހަރަކާތްތެރިވެ އުޅޭ މީހުންގެ ތެރެއިން އެރަށެއްގެ ނުވަތަ އެއަވަށެއްގެ ވެރިއަކު ހުށަހަޅުއްވާ ބައެކެވެ. މިމީހުންގެ ތެރޭގައި ސިއްހީ އެހީތެރިން، ފޫޅުމައިން އަދި ޓީޗަރުން ބައިވެރިކުރުމަށް ބާރުއެޅިފައިވެއެވެ. މިގޮތުން ކޮމިޓީތަައް ހޮވަމުން ދިޔައިރުވެސް ބައެއް ރަށްރަށުން އެރަށެއްގެ އަންހެނުން ވޯޓު ދީގެން މީހުން ހޮވާފައިވެއެވެ. 1 އޭޕްރީލް 1993 ން ފެށިގެން އަންހެނުންގެ ކޮމިޓީތައް އައްޔަންކުރުމުގެ ބަދަލުގައި ރަށްކުރިއަރުވާ ކޮމިޓީއާއި އެއްއުސޫލުން އިންތިޚާބު ކުރާގޮތަށް ހަމަޖެހުނެވެ. އަދި މިއަހަރުގެ ނޮވެމްބަރު މަހު ޑިޕާރޓްމަންޓް އޮފް ވިމެންސް އެފެއާރޒް، މިނިސްޓްރީ އޮފް ޔޫތް، ވިމެންސް އެފެއާރޒް އެންޑް ސްޕޯޓްސް ގެނަމަށް ބަދަލު ވުމާގުޅިގެން މިކޮމިޓީތައްވެސް މިނިސްޓްރީގެ ދަށަށް ގެނެވި، 1995 ވަނައަހަރު ކޮމިޓީގެ ހިންގާ ގަވާއިދަށް ބަދަލު ގެނެވުނެވެ. މިގަވާއިދުގެ ދަށުން ކޮމިޓީގެ ފަސް މަގާމެއް އުފައްދާ، މަގާމުތަކަށް މީހުން އިންތިޚާބު ކުރެވުނެވެ. އަދި ކޮމިޓީގެ ދައުރަކީ 2 އަހަރު ކަމުގައި ހަމަޖެއްސުނެވެ. ދިވެހި އަންހެނުން އިތުރަށް ހޭލުންތެރިކުރުވާ، ކުރިއެރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ތަރައްޤީކޮށް، ހަރުދަނާ ކުރުމުގެ ގޮތުން ކޮންމެ އަހަރަކު މުޅިރާއްޖެއިން އެންމެ ރަގަޅަށް ހަރަކާތްތެރިވާ އަންހެނުންެގެ ކޮމިޓީއަކަށް 1997 ވަނަ އަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ފައިސާގެ އިނާމެއް ދޭން ފެށުނެވެ. އަދި 1998 ވަނަ އަހަރު އަންހެނުންގެ ކޮމިޓީތަކުގެ މަގާމުތަކަށް އެލަވަންސެއް ދިނުމަށް ހަމަޖައްސާ، ކޮމިޓީތަކުން ބާއްވާ ޖަލްސާތަކުގެ ތެރެއިން އެމެމްބަރަކު ޚާޟިރުވާ ކޮންމެ ޖަލްސާއަކަށް (ގިނަވެގެން 4 ޖަލްސާއަށް) ފައިސާގެ އެލަވަންސެއް ދޭގޮތަށް ހަމަޖެއްސުނެވެ. އަދި ކޮމިޓީތަކުގެ އިދާރީ ހިންގުމަށްވެސް ފައިސާާ ދޭން ފެށުނެވެ. 2000 ވަނަ އަހަރު އެންމެ ހަރަކާތްތެރި 1 ކޮމިޓީ ހޮވުމުގެ ބަދަލުގައި 1، 2، އަދި 3 ވަނަ އަށްވެސް ކޮމިޓީ ހޮވާ އިނާމު ދިނުމަށް ހަމަޖެއްސުނެވެ. 2001 ވަނައަހަރު އަންހެނުންގެ ކޮމިޓީގެ ނަން 'އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ' ގެނަމަށް ބަދަލުކުރެވުނެވެ. އަދި މިއަހަރު ކޮމިޓީގެ ހިންގާ ގަވާއިދަށް ބަދަލުގެނެސް ކޮމިޓީތައް އަލުން އިންތިޚާބު ކުރެވުނެވެ. މިފަހަރު ކޮމިޓީގެ ގަވާއިދަށް ގެނެވުނު މުހިންމު އެއްބަދަލަކީ މިކޮމިޓީގައި ފިރިހެނުންނަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމެވެ. އަދި ކޮމިޓީގެ ދައުރު 3 އަހަރަށް ބަދަލުކުރުންވެސް ހިމެނެއެވެ. 2002 ވަނައަހަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން 1، 2 އަދި 3 ވަނަ ކޮމިޓީގެ އިތުރުން ހިތްވަރުދިނުމުގެ ގޮތުން އިތުރު 5 ކޮމިޓީއެއް ހޮވާ ހަނދާނީ ލިޔުން ދޭން ފެށުނެވެ. އަތޮޅުތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ވަނަވަނައަށް ކޮމިޓީތައް ހޮވާ ފަދައިން 2003 ވަނަ އަހަރު މާލޭގެ އަވަށް އަވަށުންވެސް 1 ވަނައަށް ހޮވޭ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދޭން ފެށުނެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދިމާވަމުންދާ މައްސަލަތަކަށްބަލާ އެކަންތައްތައް ހައްލުކުރުމަށް ފަސޭހަވާނެ ގޮތްތަކެއް ހެދުމަށްޓަކައި ކޮމިޓީގެ ގަވާއިދު 2005 ވަނައަހަރު އިސްލާހުކޮށް، މިކޮމިޓީތައް އާދައުރަކަށް އިންތިޚާބު ކުރެވިފައިވެއެވެ. އާންމުގޮތެއްގައި ކޮމިޓީތަކުން ހިންގާ ހަރަކާތްތައް: - ތަފާތު ކަންތައްތަކާ ބެހޭގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުން
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަޤްޞަދު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަޤްޞަދަކީ އެރަށެއްގެ ނޫނީ އެއަވަށެއްގެ އަންހެނުންގެ ތަރައްޤީއާއި ކުރިއެރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ރާވާ ހިންގުމެވެ.
އެންމެ ހަރަކާތްތެރި ކަމަށް ހޮވިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް: 2001 1 ވަނަ: ތ. ގުރައިދޫ 2002 1 ވަނަ: ތ. ވޭމަންޑޫ 2003 1 ވަނަ: ތ. ވޭމަންޑޫ 2004 1 ވަނަ: ތ.ގުރައިދޫ 2005 ސުނާމީ ކާރިސާގެ ސަބަބުން މިއަހަރު ލިބުނު ގެއްލުންތަކުގެ ސަބަބުން ކޮމިޓީ ނުހޮވާގޮތަށް ހަމަޖެއްސުނު 2006 1 ވަނަ: ތ. ކިނބިދޫ ======================================= އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އުފެދި ހިނގަމުން އައިސްފައިވާ ގޮތް އަންހެނުންގެ ތަރައްޤީއަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ޚާއްޞަކުރެވުނު 10 އަހަރު (1975 ން 1985) ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ނޭޝަނަލް ޕްލޭނިންގ އޭޖެންސީގެ ދަށުން (މިހާރު ޕްލޭނިންގ މިނިސްޓްރީ)، 'އިންޓަރނޭޝަނަލް ޑިކޭޑް ފޮރ ވިމެން ޕްރެޕަރޭޓަރީ ކޮމިޓީ' ގެ ނަމުގައި 16 އޭޕްރީލް 1979 ގައި ދިވެހި ސަރުކާރުން ކޮމިޓީއެއް އުފެއްދެވިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމްގެ ޒައާމަތުގައި އަންހެނުންގެ ތަރައްޤީއަށްޓަކައި އަޅުއްވައިދެއްވި ހަރުދަނާ ބިންގަލެކެވެ. މިކޮމިޓީ 15 މާޗް 1981 ގައި ބަދަލުވެގެންދިޔައީ އަންހެނުންގެ ޤައުމީ ކޮމިޓީއަކަށެވެ. މިކޮމިޓީގެ މަޤްޞަދަކަށްވީ ދިވެހި އަންހެނުންގެ އިޖްތިމާޢީ، އިޤްތިޞާދީ އަދި އާދަކާދައާއި ދިރިއުޅުމުގެ ފެންވަރު ރަގަޅުކުރުމަށް މަސައްކަތްކުރުމެވެ. މިދެންނެވި އަންހެނުންގެ ކޮމިޓީގެ އިދާރީ އޮނިގަނޑުގައި ހިމެނުނީ ރައީސާއަކާއި، ޕްރޮޖެކްޓް އޮފިސަރެއް އަދި ސެކްރެޓަރީއެކެވެ. އަދި މެމްބަރުންގެ ގޮތުގައި ތަފާތު ދާއިރާތަކުން 15 ބޭފުޅުން ހިމެނުނެވެ. 1 އޯގަސްޓް 1982 ގައި އަންހެނުންގެ ކޮމިޓީ، ނޭޝަނަލް ޕްލޭނިންގ އޭޖެންސީގެ ދަށުން ވަކިވެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެދަށަށް ބަދަލުވިއެވެ. ބައިނަލްއަޤްވާމީ އަންހެނުންގެ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ އަންހެނުންގެ ހާލަތު ހުރިގޮތް ބަލާ، ކޯޕަންހޭގަންގައި ބޭއްވުނު ބައިނަލްއަޤްވާމީ އަންހެނުންނާ ބެހޭ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ދިވެހި އަންހެނުންގެ ފުރަތަމަ ގައުމީ ޖަލްސާއެއް ބޭއްވުނީ 10 ން 15 މެއި 1980 ގައެވެ. މާލޭގެ 4 އަވަށުން 8 މަންދޫބާއިން ބައިވެރިވިއެވެ. އަދި އަންހެނުންގެ ގައުމީ ކޮމިޓީގެ މެމްބަރުންނާއި ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި، ޑިޕާޓްމަންޓް ތަކުންވެސް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ. މިޖަލްސާގާއި ދިވެހި އަންހެނުން ކުރަމުންދާ މަސައްކަތާ ތަރައްޤީއަށްޓަކާ އަޅަންފެންނަ ފިޔަވަޅުތަކާއި ކުރިއަށް ދިއުމުގައި އަންހެނުންނަށް ދިމާވާ ހުރަސްތައް ބަޔާންކޮށް، މާލޭގެ ކޮންމެ އަވަށަކުންނާއި ކޮންމެ އަތޮޅަކުން ރިޕޯޓެއް ހުށަހެޅުނެވެ. އަންހެނުންގެ ތަރައްޤީއަށްޓަކައި އިޖްތިމާޢީ، ތަޢުލީމީ އަދި ޞިއްހީ ގޮތުންނާއި މާލީގޮތުން އަޅަންވީ ފިޔަވަޅުތަކަކާއި މެދު އަންހެނުންގެ ފުރަތަމަ ގައުމީ ޖަލްސާގައި އެއްބަސްވެވުނެވެ. އިޖްތިމާޢީ ދާއިރާއިން ފާހަގަކުރެވުނު 8 ޕޮއިންޓްގެ ތެރޭގައި މާލެއާއި ރާއްޖޭގެ ހުރިހާ އަތޮޅެއް ބައިވެރިވާގޮތަށް އަންހެނުންގެ ޖަމްޢިއްޔާއެއް އުފެއްދުމަށް އެއްބަސް ވެވިފައިވެއެވެ. އަދި ރާއްޖެތެރޭގެ ރަށްރަށުގައި އުފެދިފައިވާ ރަށްކުރިއަރުވާ ކޮމިޓީ ނުވަތަ އަތޮޅު ކުރިއަރުވާ ކޮމިޓީތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އެއްބަސްވެވިފައި ވެއެވެ. އަދިހަމަ މިއެއްބަސްވުމުގައި ކޮންމެ އަހަރަކު އަންހެނުންގެ ގައުމީ ޖަލްސާއެއް ބޭއްވުމާއި މާލެއިން ނުވަތަ ރާއްޖެތެރެއިން ހޮވޭބަޔަކު ރަށްރަށަށް ދަތުރުކޮށް އަންހެނުން ކުރާ އަދި ކުރެވިދާނެ މަސައްކަތް ބުނެދީ ލަފާދީ ހެދުމަށްވެސް އެއްބަސްވެވިފައި ވެއެވެ. 19 ން 21 ޑިސެމްބަރު 1981 ގައި އަންހެނުންގެ ގައުމީ ދެވަނަ ޖަލްސާ ބޭއްވުނެވެ. މިޖަލްސާގައި ނިލަންދެއަތޮޅު އުތުރުބުރި ފިޔަވާ އެހެން އަތޮޅުތަކުން 2 މަންދޫބާއިންނާއި މާލޭގެ 4 އަވަށުން 8 މަންދޫބާއިން އަދި އަމީނިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާ އާއި ޖިންސްލަތީފުންގެ ރޫހުގެ 2 މަންދޫބާއިން ބައިވެރިވެ ވަޑައިގަތެވެ. މިޖަލްސާއަށްވެސް އަތޮޅުތަކުންނާއި މާލޭގެ 4 އަވަށުގެ ފަރާތުން ރިޕޯޓު ހުށަހެޅުނެވެ. މިރިޕޯޓު ތަކުގައިވާ މުހިންމު ޕޮއިންްޓްތައް 6 ބަޔަކަށް ބަހާ އަދި އެބައިތަކުގެ މައްޗަށް ބަހުސްކުރުމަށް 6 ގްރޫޕުން މަސައްކަތް ކުރެއްވިއެވެ. މިދެންނެވި 6 ބަޔަކީ ތަޢުލީމު، ޞިއްހަތު، މަސައްކަތްތެރިކަން، ދަނޑުވެރިކަން، ރަށްކުރިއެރުވުމުގައި އަންހެނުންގެ ޚިދުމަތް އަދި އަންހެނުންގެ ޙާއްޞަ ހަަރަކާތްތަކެވެ. ޖަލްސާގެ އެއްބަސްވުން އެކުލަވާލެވުނީ ގްރޫޕް ރިޕޯޓްތަކުގެ މައްޗަށް ވާހަކަދައްކާ ޚިޔާލު ފާޅުކުރުމަށް ފަހުގައެވެ. އަންހެނުންގެ ދެވަނަ ގައުމީ ޖަލްސާއަށް ހުށަހެޅިފައިވާ ރިޕޯޓުތަކުގެ މައްޗަށް ބަލާއިރު ރަށްކުރިއެރުވުމުގައި އަންހެނުންގެ ޚިދުމަތް ވަރަށް އެކަށީގެންވާ ގޮތެއްގައި ލިބެމުންދާކަން ފާހަގަކުރެވިގެން ދިޔައެވެ. އެއިރުވެސް އަންހެނުންގެ ކުދި ގްރޫޕްތައް އުފައްދައިގެން ގިނަރަށްރަށުގައި ހަރަކާތްތެރިވަމުން ދާކަން ނޯޓްކުރެވުނެވެ. އޭރު ރަށްކުރިއެރުވުމުގެ ޚިދުމަތުގައި ގިނަރަށްރަށުގައި ބޮޑަށް ހަރަކާތްތެރި ވެފައިވަނީ ރަށްކުރިއަރުވާ ކޮމިޓީގައި ހިމެނޭ އަންހެނުންގެ ގޮފީގެ ފަރާތުންނެވެ. ބައެއް އަތޮޅުތަކުގައި ޚިދުމަތުގެ ރޮނގުގައި ފިރިހެނުންނަށްވުރެ މާބޮޑުތަން އަންހެނުން ކުރިއަށް ޖެހިފައިވާކަން ފާހަގަކުރެވުނެވެ. އަދި ރައްޔިތުންކުރާ ބޮޑެތި މަސައްކަތް ތަކުގައިވެސް ހިތްވަރު ދިނުމުގެ ގޮތުންނާއި އަމަލީގޮތުން އަންހެނުން ބައިވެރިވަމުން ދާކަންވެސް ރިޕޯޓުތަކުން ހާމަވެގެން ދިޔައެވެ. މިދެންނެވި ގޮތުގެ މަތިން ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރަމުންދިޔަ ކަމުގައިވިއަސް ބައެއް އަންހެނުންނަށް ޚިދުމަތްކުރުމުގައި ދަތިތަކާ ކުރިމަތިވެފައިވެއެވެ. މިގޮތުން ފާހަގަކުރި ބައެއް ކަންތައްތަކަކީ: އިސްވެ ދެންނެވުނު މައްސަލަތައް ހައްލުކުރުމަށް 8 ޕޮއިންޓެއް އެކުލަވާލެވި އެއްބަސްވެވުނެވެ. އެއްބަސްވެވުނު އެންމެ މުހިިންމު ނުކުތާއަކީ އަންހެނުންގެ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކާ އަތޮޅު ތެރޭގެ ކޮންމެ ރަށެއްގައި އަދި މާލޭގެ ކޮންމެ އަވަށެއްގައި އަންހެނުން ކުރިއަރުވާ ކޮމިޓީއެއް އުފެއްދުމެވެ. އަދި ކޮމިޓީތައް އުފެދި ހިނގަމުންދާނެ އަސާސީ ގަވާއިދެއް ކަނޑައެޅިފައި އޮތުމަށްވެސް އެއްބަސްވެވުނެވެ. މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށާކާއި މާލޭގެ އަވަށްއަވަށުގައި އަންހެނުންގެ ކޮމިޓީތަކެއް އުފައްދައި އެއްއުސޫލަކުން ހިންގުމަށްޓަކާ އެފަދަ ކޮމިޓިތައް ހިންގާނެ އަސާސީ ގަވާއިދެއް، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ލަފަޔާއެކު ތައްޔާރުކުރެވުނެވެ. މިގޮތުން މާލޭގެ އަވަށްއަވަށާ އަތޮޅުތެރޭގެ ރަށްރަށުގައި އެއްެކޮށް ކޮމިޓީތައް އުފައްދަން ގަސްތުކޮށްފައި ވަނިކޮށް، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ލަފާދެއްވީ އެދުވަސްވަރު ރަށްކުރިއަރުވާ ކޮމިޓީތައް އުފައްދަވަން ގަަސްތު ކުރައްވާފައިވާތީ އެކޮމިޓީތަކާއެކުގައި އަންހެނުންގެ ކޮމިޓީތައް އަތޮޅުތަކުގައި އުފެއްދުން ރަގަޅުވާނެ ކަމަށެވެ. އެހެން ކަމުން ރަށްްރަށުގެ އަންހެނުންގެ ކޮމިޓީތައް އުފެއްދުން ލަސްކޮށް މާލޭގެ އަވަށްއަވަށުގައި އަންހެނުންގެ ކޮމިޓީތައް 8 އޮކްޓޯބަރު 1982 ގައި އުފެއްދުނެވެ. ރަށްރަށުގައި އަންހެނުންގެ ކޮމިޓީތައް އުފެއްދުނީ 1 ޖެނުއަރީ 1983 ގައެވެ. ކޮމިޓީތައް އުފެއްދުމަށްފަހު ކޮންމެ ކޮމިޓީއެއްގެ މުޝްތަޝާރަކަށް އެރަށެއްގެ އަދި އަވަށެއްގެ ވެރިއަކު ހަމަޖެއްސުނެވެ. އަދި އޭނާގެ ލަފާގެ މަތިން 7-15 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އައްޔަންކުރެވުނެވެ. 1989 އާާހަމައަށް ކޮމިޓީތައް އައްޔަން ކުރަމުން ގެންދެވިފައިވަނީ އޮފީސް ފޮރ ވިމެންސް އެފެއާރޒްގެ ދަށުން އަދި 1993 އަށް ޑިޕާރޓްމަންޓް އޮފް ވިމެންސް އެފެއާރޒްގެ ދަށުންނެވެ. ޑިޕާޓްމަންޓް އޮފް ވިމެންސް އެފެއާރޒުން އައްޔަންކުރެއްވި މީހުންނަކީ ޖަމާއަތުގެ ޚިދުމަތުގައި އިސްވެ ހަރަކާތްތެރިވެ އުޅޭ މީހުންގެ ތެރެއިން އެރަށެއްގެ ނުވަތަ އެއަވަށެއްގެ ވެރިއަކު ހުށަހަޅުއްވާ ބައެކެވެ. މިމީހުންގެ ތެރޭގައި ސިއްހީ އެހީތެރިން، ފޫޅުމައިން އަދި ޓީޗަރުން ބައިވެރިކުރުމަށް ބާރުއެޅިފައިވެއެވެ. މިގޮތުން ކޮމިޓީތަައް ހޮވަމުން ދިޔައިރުވެސް ބައެއް ރަށްރަށުން އެރަށެއްގެ އަންހެނުން ވޯޓު ދީގެން މީހުން ހޮވާފައިވެއެވެ. 1 އޭޕްރީލް 1993 ން ފެށިގެން އަންހެނުންގެ ކޮމިޓީތައް އައްޔަންކުރުމުގެ ބަދަލުގައި ރަށްކުރިއަރުވާ ކޮމިޓީއާއި އެއްއުސޫލުން އިންތިޚާބު ކުރާގޮތަށް ހަމަޖެހުނެވެ. އަދި މިއަހަރުގެ ނޮވެމްބަރު މަހު ޑިޕާރޓްމަންޓް އޮފް ވިމެންސް އެފެއާރޒް، މިނިސްޓްރީ އޮފް ޔޫތް، ވިމެންސް އެފެއާރޒް އެންޑް ސްޕޯޓްސް ގެނަމަށް ބަދަލު ވުމާގުޅިގެން މިކޮމިޓީތައްވެސް މިނިސްޓްރީގެ ދަށަށް ގެނެވި، 1995 ވަނައަހަރު ކޮމިޓީގެ ހިންގާ ގަވާއިދަށް ބަދަލު ގެނެވުނެވެ. މިގަވާއިދުގެ ދަށުން ކޮމިޓީގެ ފަސް މަގާމެއް އުފައްދާ، މަގާމުތަކަށް މީހުން އިންތިޚާބު ކުރެވުނެވެ. އަދި ކޮމިޓީގެ ދައުރަކީ 2 އަހަރު ކަމުގައި ހަމަޖެއްސުނެވެ. ދިވެހި އަންހެނުން އިތުރަށް ހޭލުންތެރިކުރުވާ، ކުރިއެރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ތަރައްޤީކޮށް، ހަރުދަނާ ކުރުމުގެ ގޮތުން ކޮންމެ އަހަރަކު މުޅިރާއްޖެއިން އެންމެ ރަގަޅަށް ހަރަކާތްތެރިވާ އަންހެނުންެގެ ކޮމިޓީއަކަށް 1997 ވަނަ އަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ފައިސާގެ އިނާމެއް ދޭން ފެށުނެވެ. އަދި 1998 ވަނަ އަހަރު އަންހެނުންގެ ކޮމިޓީތަކުގެ މަގާމުތަކަށް އެލަވަންސެއް ދިނުމަށް ހަމަޖައްސާ، ކޮމިޓީތަކުން ބާއްވާ ޖަލްސާތަކުގެ ތެރެއިން އެމެމްބަރަކު ޚާޟިރުވާ ކޮންމެ ޖަލްސާއަކަށް (ގިނަވެގެން 4 ޖަލްސާއަށް) ފައިސާގެ އެލަވަންސެއް ދޭގޮތަށް ހަމަޖެއްސުނެވެ. އަދި ކޮމިޓީތަކުގެ އިދާރީ ހިންގުމަށްވެސް ފައިސާާ ދޭން ފެށުނެވެ. 2000 ވަނަ އަހަރު އެންމެ ހަރަކާތްތެރި 1 ކޮމިޓީ ހޮވުމުގެ ބަދަލުގައި 1، 2، އަދި 3 ވަނަ އަށްވެސް ކޮމިޓީ ހޮވާ އިނާމު ދިނުމަށް ހަމަޖެއްސުނެވެ. 2001 ވަނައަހަރު އަންހެނުންގެ ކޮމިޓީގެ ނަން 'އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ' ގެނަމަށް ބަދަލުކުރެވުނެވެ. އަދި މިއަހަރު ކޮމިޓީގެ ހިންގާ ގަވާއިދަށް ބަދަލުގެނެސް ކޮމިޓީތައް އަލުން އިންތިޚާބު ކުރެވުނެވެ. މިފަހަރު ކޮމިޓީގެ ގަވާއިދަށް ގެނެވުނު މުހިންމު އެއްބަދަލަކީ މިކޮމިޓީގައި ފިރިހެނުންނަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމެވެ. އަދި ކޮމިޓީގެ ދައުރު 3 އަހަރަށް ބަދަލުކުރުންވެސް ހިމެނެއެވެ. 2002 ވަނައަހަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން 1، 2 އަދި 3 ވަނަ ކޮމިޓީގެ އިތުރުން ހިތްވަރުދިނުމުގެ ގޮތުން އިތުރު 5 ކޮމިޓީއެއް ހޮވާ ހަނދާނީ ލިޔުން ދޭން ފެށުނެވެ. އަތޮޅުތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ވަނަވަނައަށް ކޮމިޓީތައް ހޮވާ ފަދައިން 2003 ވަނަ އަހަރު މާލޭގެ އަވަށް އަވަށުންވެސް 1 ވަނައަށް ހޮވޭ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދޭން ފެށުނެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދިމާވަމުންދާ މައްސަލަތަކަށްބަލާ އެކަންތައްތައް ހައްލުކުރުމަށް ފަސޭހަވާނެ ގޮތްތަކެއް ހެދުމަށްޓަކައި ކޮމިޓީގެ ގަވާއިދު 2005 ވަނައަހަރު އިސްލާހުކޮށް، މިކޮމިޓީތައް އާދައުރަކަށް އިންތިޚާބު ކުރެވިފައިވެއެވެ. އާންމުގޮތެއްގައި ކޮމިޓީތަކުން ހިންގާ ހަރަކާތްތައް: - ތަފާތު ކަންތައްތަކާ ބެހޭގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުން
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަޤްޞަދު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަޤްޞަދަކީ އެރަށެއްގެ ނޫނީ އެއަވަށެއްގެ އަންހެނުންގެ ތަރައްޤީއާއި ކުރިއެރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ރާވާ ހިންގުމެވެ.
އެންމެ ހަރަކާތްތެރި ކަމަށް ހޮވިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް: 2001 1 ވަނަ: ތ. ގުރައިދޫ 2002 1 ވަނަ: ތ. ވޭމަންޑޫ 2003 1 ވަނަ: ތ. ވޭމަންޑޫ 2004 1 ވަނަ: ތ.ގުރައިދޫ 2005 ސުނާމީ ކާރިސާގެ ސަބަބުން މިއަހަރު ލިބުނު ގެއްލުންތަކުގެ ސަބަބުން ކޮމިޓީ ނުހޮވާގޮތަށް ހަމަޖެއްސުނު 2006 1 ވަނަ: ތ. ކިނބިދޫ
|
|||||||||||