|
ސައިޓްމެޕް : މިނިސްޓްރީ
އަންހެނުންނާއިމެދު ކުރާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް ހިންގާ 16 ދުވަހުގެ
ކެމްޕޭން
25 ނޮވެމްބަރ - 10 ޑިސެމްބަރ 2006
އަންހެނުންނަށް ކުރާ އަނިޔާ ތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ
16 ދުވަހުގެ ކެމްޕޭން މިއަހަރު ރާއްޖޭގައިވެސް ވަނީ ފާހަގަކުރަން ފެށިފައެވެ.
މިއީ ރާއްޖޭގައި މިދުވަސް ފާހަގަކުރަން ފެށުނު ފުރަތަމަ ފަހަރެވެ.
އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ
ދުވަހަކީ 25 ނޮވެމްބަރު ކަމުގައި ވިއަސް މިކަން 16 ދުވަހުގެ ކެމްޕޭނެއްގެ
ގޮތުގައި ފާހަގަކުރަނީ މި 16 ދުވަހުގެ މުއްދަތުގެ ތެރޭަގައި، ބައިނަލްއަޤްވާމީ
އިންސާނީ ޙައްްޤުތަކާބެހޭ ދުވަސް (10 ޑިސެމްބަރު) ހިމެނޭތީއާ އެކުގައެވެ.
މިދެދުވަސް ގުޅުވާލުމުގެ މަޤްޞަދަކީ، އަންހެނުންނަށް ކުރާ އަނިޔާ އަކީވެސްް
އިންސާނީ ޙައްޤުތަކެއް ނިގުޅައިގަންނަ ޢަމަލުތަކަކަށް ވާތީއެވެ.
މިގޮތުން މި 16 ދުވަހުގެ ހަރަކާތްތައް ރާއްޖޭގައި ފެށުމުގެ ގޮތުން 25
ނޮވެމްބަރު 2006 ވީ ހޮނުހިރު ދުވަހު މީޑިޔާއަށް މިދުވަހާގުޅޭ ގޮތުން ޚާއްޞަ
ލިޔުމެއް ފޮނުވުނެވެ. އަދި 26 ނޮވެމްބަރ ގައި ޓީވީގެ ރާއްޖެ މިއަދު ޕްރޮގްރާމް
މެދުވެރިކޮށް މިދުވަހާ ގުޅޭގޮތުން މަޢުލޫމާތު ދެވިފައިވެއެވެ.
ރާއްޖޭގައި މި 16 ދުވަހު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން
މިހާތަނަށް ހިންގުނު އެންމެ ފާހަގަކޮށްލެވޭ އެއްހަރަކާތަކީ، މިއަހަރު
އޮގަސްޓް މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ހިންގުނު "އަންހެނުންގެ
ޞިއްޙަތާއި ދިރިއުޅުމުގެ ތަޖުރިބާ" ގެ ނަމުގައި މުޅި ރާއްޖެއަށް
އަމާޒުކޮށް ހިންގުނު ސާރވޭގެ ފުރަތަމަ ނަތީޖާ ކަމާގުޅޭ ދާއިރާތަކުގެ އިސްބޭފުޅުންނަށް
ހުށަހަޅައި ދިނުމަށް ބޭއްވުނު ބައްދަލުވުމެވެ. މިބައްދަލުވުމުގައި ސަރުކާރުގެ
ތަފާތު ދާއިރާތަކުގެ ގިނައަދަދެއްގެ މިނިސްޓަރުންނާއި ނާއިބުން އަދި ބައެއް
އަމިއްލަ ޖަމްޢިއްޔާ ތަކުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުވުން ބޭއްވުނީ 29 ނޮވެމްބަރު 2006 ވީ ބުދަދުވަހުއެވެ.
މީގެ އިތުރުން މިމިނިސްޓްރީން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ
ތެރޭގައި "ސްޓްރެޓަޖިކް ކޮމިއުނިކޭޝަން އެންޑް ޕްލޭނިންގ ވާރކްޝޮޕް
އޮން ވަޔަލަންސް އަގެއިންސްޓް ވިމެން އިން ދަ މޯލްޑިވްސް" މިނަމުގައި
މަސައްކަތު ބައްދަލުވުމެއް 3 ޑިސެމްބަރ ގައި ވަނީ ބޭއްވިފައެވެ. މިބައްދަލުވުމުގައި
ސަރުކާރުގެ ތަފާތު ދާއިރާތަކުންނާއި ބައެއް އަމިއްލަ ޖަމްޢިއްޔާ ތަކުނބައިވެރި
ވެފައިވެއެވެ.
އަދި މި ޑިސެމްބަރު މަހުގެ 3 ން 7 ށް އަތްތިލައިގެ ނިޝާން ޖެހުމުގެ ޙާއްޞަ
ހަރަކާތްތަކެއް މާލޭއާއި އަތޮޅުތަކުގައި ކުރިއަށް އެބަދެއެވެ. މިހަރަކާތް
3 ޑިސެމްބަރުގައި ފައްޓަވައިދެއްވީ އަލްއުސްތާޛު މައުމޫންޢަބްދުލް ގައްޔޫމްގެ
ދެކަނބަލުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިރަސްމިއްޔާތުގައި
މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޢާއިޝަޔު މުޙައްމަދު
ދީދީ އާއި އެސިސްޓަންޓް ޑިރެކްޓަރ އަލްފާޟިލާ ޢާމިނަތު އީޏާސް އާއި ކޮންސަލްޓަންޓް
މިސް އެމާ ފުޅު ބައިވެރިވެ ވަޑާއިގެންނެވިއެވެ. މިހަރަކާތަކީ ރާއްޖޭގައި
އަނިޔާ ތަހައްމަލު ކުރަމުންދާ އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ
އަތެއް ވާކަން ރަމްޒުކޮށްދިނުމުގެ ގޮތުން ހިންގާ ހަރަކާތެކެވެ. މިގޮތުން
މިހަރަކާތް ސަރުކާރުގެ ހުރިހާ އޮފީހަކާއި މާލޭގެ ހުރިހާ އަވަށެއްގައި
ކުރިއަށް ގެންދާނެއެވެ. އަދި މިހަރަކާތުގައި ބައިވެރިވެ ވަޑައިގަންނަވަން
ބޭނުންފުޅުވާ ކޮންމެ ބޭފުޅަކުވެސް އަވަށްތަކުން ހަމަޖައްސަވާ ތަންތަނަށް
ވަޑައިގެން މިހަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވޭނެއެވެ.
އަތްތިލައިގެ ނިޝާން ޖަހާ ފޮތިގަނޑު ތައް އެއްކޮށްލުމަށްފަހު އެއްފޮތިގަނޑެއްގެ
ގޮތުގައި ދައްކާލުން މާލޭގައި 10 ޑިސެމްބަރު ވާ އާދީއްތަ ދުވަހު އޮންނާނެއެވެ.
މީގެއިތުރުން މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގެ އަތޮޅުތަކުގައިވެސް
ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވެއެވެ.
 
އަތްތިލައިގެ
ނިޝާން ޖެހުމުގެ ފޮޓޯ
އަންހެނުންގެ ޞިއްޙަތާއި ދިރިއުޅުމުގެ ތަޖުރިބާ ބެހޭ ނިއުސް
ސަބްލިމެންޓް
(english)އަންހެނުންގެ
ޞިއްޙަތާއި ދިރިއުޅުމުގެ ތަޖުރިބާ ބެހޭ ނިއުސް ސަބްލިމެންޓް
ކުޑަކުދިންގެ ދުވަސް
ޢާއިލާގެ
ދުވަސް
އަންހެނުންގެ ދުވަސް
 
ހަބަރާއި މަޢުލޫމާތު
ފޮޓޯ ގެލެރީ
ޑައުންލޯޑްސް
މުޙިއްމު ލިންކުތައް
|
©2006 މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ. |
|