![]() |
|||||||||||
ކައުންސިލިންގއަހަރުމެންގެ ތެރެއިން ކޮންމެމީހަކަށްވެސް ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި، ތަފާތު އެކިއެކި ސަބަބުތަކާހުރެ ހިތްހަމަނުޖެހޭ ކަންތައްތަކާ ދިމާވެއެވެ. މިއީ ހުރިހާ ޢުމުރެއްގެ މީހުންނަށްވެސް ވެސް ދިމާވާ ކަމެކެވެ.މިފަދަ ކަމެއް ދިމާވެއްޖެނަމަ ކޮންމެވެސް މިހާކާ އެކަމާބެހޭގޮތުން ވާހަކަދައްކާލެވިއްޖެނަމަ ްއެއީ ވަރަށް ބޮޑުއެހީ އަކަށް ވާނެއެވެ. ހިތްހަމަނުޖެހުމުން ނުވަތަ ދިމާވެގެން އުޅޭ މައްސަލައަކަށް ހައްލެއް ގެނައުމުގެ ގޮތުން ކޮންމެވެސް މީހަކާއެކު މަޝްވަރާކޮށްލުމުން ތިމާ ކުރިން އިޙްސާސް ކުރަމުން އައި ހިތްދަތިކަމާއި ނުތަނަވަސްކަމުން ސަލާމަތްވެ، އެމީހެއްގެ ވިސްނުމާއި ޢަމަލުތައް ބަހައްޓާނެ ގޮތަކާއިމެދު އެހެން ނަޒަރަކުން ބަލާލުމުގެ މިނިވަންކަން ލިއްބައިދެއެވެ. މައްސަލައެއް ދިމާވެފައިވާ ކުއްޖާ ނުވަތަ މީހާ، އޭނާގެ އަމިއްލަ ނަފްސް ކުރިއަށްވުރެ ރަގަޅަށް ދެނެގަނެވޭނެ ފަދަ ގޮތަކަށް ވާހަކަދައްކުވާ އަދި އަޑުއެހުމުގެ ފުރުޞަތު ހޯދައިދިނުމަށް ކައުންސިލިންގ ނުވަތަ ވާހަކަދެއްކުން އެހީތެރިވެދެއެވެ. ކައުންސިލިންގ ދިނުމުގެ ބޭނުމަކީ ކައުންސިލިންގެ ލިބޭމީހާއަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް އިޙްތިޔާރާއި ޤާބިލްކަން ދިނުމެވެ.އަދި އޭނާގެ ދިރިއުޅުމުގެ މިސްރާބު އޭނާއަށް އަމިއްލައަށް ރަގަޅު ދިމާލަކަށް ބަދަލުކޮށްލެވިދާނެކަން އޭނާއަށް އިޙްސާސްކޮށް ދިނުމެވެ. އަދި އެހެންމެ އޭނާއަށް ކުރެވޭ ނެދެވޭ އިޙްސާސްތަކާއި ޖަޒްބާތުތައް ބަދަލުކުރުމަށް އެހީތެރިވެދިނުމެވެ. އަމިއްލަ ތާރީޚްއަކީ އަމިއްލަ ނަފްސް ދެނެގަތުގެ ވަރަށް ބޮޑުބައެކެވެ. އަދި އެއީ އެމީހަކު އެހެންމީހުންނާއި ދޭތެރޭ ދެކޭ ގޮތާއި މުޖްތަމަޢުއާ ދޭތެރޭ ވިސްނާ ގޮތަށް ނުފޫޒު ފޯރުވާކަމެކެވެ. މިގޮތަށް އެމީހަކު އަމިއްލައަށް އެމީހަކު ކުރިއަށްވުރެރ ރަނގަޅަށް ދަސްވުމުން އެމީހަކު ބޭނުންނަމަ އެމީހެއްގެ ދިރިއުޅުން ކުރިައަށްވުރެ ހަރުދަނާ ގޮތަކަށް ބިނާކުރެވިދާނެއެވެ. އެގޮތުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއިން ކުޑަކުދިންނާއި އަންހެނުންނާއި ފރިހެނުންނާއި އަދި ޙާއްސައެހީއަށް ބޭނުންވާ މީހުންނާއި ދުވަސްވީ މީހުންނަށްގެ ޙައްޤަކަށް އުނިކަމެއް ލިބިގެން ހުށަހެޅޭ މައްސަލަތަކުގައި ނަފްސާނީ ޚިދުމަތްދީ އިޖްތިމާޢި ޚިދުމަތްދިނުމުގެ މަގުފަހިކޮށްދެމެވެ. ދެވޭ ޚިދުމަތްތައް:
|
|||||||||||